ކުޑަކުދިންގެ ހިޔާގައި އަނެއްކާވެސް އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ކުޑަކުދިންގެ ހިޔާގައި އަނެއްކާވެސް އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

ޙާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހެނދުނު 06:03 ހާއިރުކަމަށާއި އަލިފާން 06:10ހާއިރު ކޮންޓްރޯލްކޮށްފައިވާކަމަށާއި އެއްކޮށް އަލިފާން ނިއްވާލެވުނީ 07:20 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ ކުޑަކުދިންގެ ހިޔާގެ 4 ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައިކަމަށެވެ. އަދި ވިލިމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން އަލިފާންގަނޑު ނިއްވާލާފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އަދި މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށެވެ. އެހެންނަމަވެސް އެކޮޓަރީގައި ހުރި ބައެއް ތަކެއްޗަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ކުޑަކުދިންގެ ހިޔާގައި މިފަދަ ޙާދިސާތަކެއް ތަކުރާރުކޮށް ހިނގާފައިވާއިރު މިއަދު ހިނގި އަލިފާނުގެ ހާދިސާގެ މައްސަލަ މިހާރު ފުލުހުން ތަޙުގީގުކުރަމުން އަންނަކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އަލިފާނުގެ މިހާދިސާއާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން އަދި ވަކި އެއްޗެއް ހާމައެއް ނުކުރައްވައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *