ގާނޫނާ ހިލާފަށް ދިވެހި ފަސްގަނޑު ބޭނުން ކުރުމުގެ ފުރުސަތެއް ނުދެވޭނެ: ޝާހިދު

ގާނޫނާ ހިލާފަށް ދިވެހި ފަސްގަނޑު ބޭނުން ކުރުމުގެ ފުރުސަތެއް ނުދެވޭނެ: ޝާހިދު

ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވާއިދާ ހިލާފަށް ކުރާ ކަންކަމަށް ދިވެހި ފަސްގަނޑު ބޭނުން ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑީއާގެ "ދަ ޕްރިންޓް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، ރާއްޖެ ދެމިއޮންނަނީ " އިންޑިއާ ކަނޑުގެ ހިތް" ގެ ގޮތުގައި ކަމަށާއި ރާއްޖެ އަކީ ހަމަނުޖެހުން ބޮޑު ސަރަހައްދެއްގެ ގޮތުގައި އޮންނަ ބޭނުންނުވާ ކަމަށް ވިދާޅުވިއެވެ.

ބިމުގެ ގޮތުން ރާއްޖެ ކުޑަވެދާނެ. އަހަރުމެންގެ ކަނޑުގެ ސަރަހައްދު ބޮޑު. ކަނޑަކީ އަހަރުމެންގެ މުއްސަދިކަން. އެ މުއްސަދިކަން އެހެން ބައެއްގެ އަތްދަށަށް ދީލައިލައިގެން ނުވާނެ. އެއީ ކަނޑުފޭރޭ މީހުން ކަމަށްވިޔަސް އަދި ނިރުބަވެރިން ކަމަށްވިޔަސް އެފުރުސަތުދީގެން ނުވާނެ". މިނިސްޓަރ ޝާހިދު

އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ޝާހިދު ވިދާޅުވީ އޭނާގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން ކަމަށެވެ. އެއަށް ފަހު ޝާހިދު ވަނީ އިންޑިއާ، ސްރިލަންކާ އަދި ރާއްޖޭގެ ދެމެދު ޑިފެންސް ލެވެލްގައި މަޝްވަރާތައް ކުރިއަށް ގެންދުން މުހިއްމުކަން ފާހަގަކުރައްވާފައެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން މި ތިން ގައުމުން ދަނީ މިހާރުވެސް މަސައްކަތްތައް ކުރަމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *