ކޮވިޑުގެ އަލާމަތްތައް ފެނުނު ކުއްޖާގެ ޓެސްޓުގެ ނަތީޖާ ލިބިފައިވަނީ 24 ވަނަ ދުވަހު ކަމަށާއި، އެ ކުއްޖާ އާ ޑައިރެކްޓްކޮންޓެކްޓް ވެފައިވާ 23 މީހުން ސާމްޕަލް ނަގާފައިވާއިރު، ނެގި ސާމްޕަލްތަކުގެ ތެރެއިން ދެ ސާމްޕަލެއް ޕޮޒިޓިވް ވެފައިވާކަމަށާއި މީގެ އިތުރުން 24 ޖުލައި ކުޅުދުއްފުށީ ފްލޫ ކްލިނިކަށް ދެއްކި އިތުރު މީހަކުވެސް ޕޮޒިޓިވް ވެފައިވާކަމަށެވެ.
މޮނީޓަރިންނަށްލުމުގެ ކުރިން ދެ ޑޯޒު ހަމަކޮށް ނެގެޓިވް ޕީސީއާރު ނަތީޖާއެއް ހިފައިގެން މާލެއިން ރަށަށް ދަތުރުކުރާ ފަރާތަކުން އެއްވެސް ކަރަންޓީނަކާއި ނުލާ ރަށުގައި އުޅެވުނަސް އެއް ޑޯޒު ހަމަކޮށްގެން ރަށަށް ދަތުރުކޮށްފި ނަމަ 14 ދުވަހަށް ކަރަންޓީނުވުމަށް ފަހު 15 ވަނަ ދުވަހު ނަގާ ޓެސްޓު ނެގެޓިވްވެއްޖެ ނަމަ ކަރަންޓީނުން ދޫކޮށްލާކަމަށް އޭނާ ވިދާޅުވިއެވެ.
އީދު ބަންދާ ގުޅިގެން އެޗްޕީއޭއިން ވަނީ ދޫތަކެއް ދީފައެވެ. އެހެންނަމަވެސް ފޯރީގައި އީދު ފާހަގަކުރާ ކުޅުދުއްފުށީ ސިޓީގައި މިފަހަރު އީދާގުޅިގެން އެއްވެސް ހަރަކާތެއް ނުބާއްވައެވެ.

