މާލޭ ބާޒާރުގައި ބިހާއި، ފިޔާ އަދި އަލުވި މަދުވެ އެބާވަތްތަކުގެ އަގު އަންނަ ހަފްތާގެ ތެރޭގައި ބޮޑުވެދާނެ ކަމަށް ވިޔަފާރިވެރިން މިއަދު ބުނެފިއެވެ.
ފިޔާ އަދި އަލުވި މަދުވުމުގެ ސަބަބުން ބާރާޒުގެ ގިނަ ފިހާރަތަކުން މިހާރު ބަސްތާ ވިއްކުން ވަނީ ހުއްޓާލައިފައެވެ.
ރާއްޖެއަށް މުދާއެތެރެ ކުރާ ބައެއް ވިޔަފާރިވެރިން ބުނާގޮތުގައި މިދުވަސްވަރު އިންޑިއާއިން ރާއްޖެއަށް ކާބޯތަކެތި ގެންނަން ދަތި ކަމަށާއި، މިގޮތަށްދާނަމަ މަސްދުވަހުގެ ތެރޭގައި ބާޒާރުން ފިޔާ، އަލުވި އަދި ބިސް އެއްކޮށް ހުސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ވިޔަފާރިވެރިޔަކު ބުނިގޮތުގައި ބޭނުންވާ ވަރަށް ފިޔާ، އަލުވި އަދި ބިސް ނުލިބޭނަމަ ކުރިއަށް އޮތް ހަފްތާ ތެރޭގަިއ އެތަކެތީގެ އަގު އުފުލޭނެ ކަމަށާއި އެކަން ހަމަޔަކަށް އެޅޭނީ މުދާ ލިބުމުގައި ހުރި ދަތިތައް ހައްލުވުމުން ކަމަށެވެ.
މި ވަގުތު ބާޒާރުގައި ބިސް ކޭހެއް ލިބެނީ 420ރ. އަށެވެ. އަދި ފިޔާ ކިލޯއެއް 20ރ. އަށް ވިއްކާއިރު އަލުވި ކިލޯއެއް ލިބެން ހުރީ 15ރ. އަށެވެ.

