ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރައްވާ ފްރަންޓްލައިން ވޯކަރުންނަށް އެލަވަންސްގެ ގޮތުގައި 165 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަދުގެ ނިޔަލަށް 12،479 ފްރަންޓްލައިން ވޯކަރުންނަްށް 165.72 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
ފްރޮންޓްލައިން އެލަވަންސް ދޭން ފަށާފައިވަނީ މާޗް 7، 2020 ގައެވެ. މިއެލަވަންސް ދެނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ.
އެއީ ހައިރިސްކު ކެޓަގަރީއާއި، މީޑިއަމް ރިސްކް ކެޓަގަރީގެ އިތުރުން ލޯ ރިސްކް ކެޓަގަރީއެވެ. އެގޮތުން ހައިރިސްކު ކެޓަގަރީގައި ހިމެނޭ މުވައްޒަފުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު 500 ރުފިޔާ ދޭއިރު މީޑިއަމް ރިސްކު ކެޓަގަރީގެ މުވައްޒަފުންނަށް މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާ އަދި ލޯރިސްކު ކެޓަގަރީއަށް މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ނަމަވެސް ފްރޮންޓް ލައިން އެލަވަންސް ނުލިބޭ ކަމަށް ބުނެ ފްރޮންޓް ލައިންގައި މަސައްކަތް ކުރަމުންގެންދާ ބައެއް މުވައްޒަފުން ޝޯޝަމީޑިއާގައި މީގެ ކުރިންވެސް އަޑު އުފުލާފައިވެއެވެ.

