ވޭތުވެ މިދިޔަ 24 ގަޑި އިރުތެރޭ ރާއްޖެއިން 127 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 74،351 އަށް އަރައިފި އެވެ.
މިއަދު ބަލި ޖެހުނު މީހުންގެ ތެރެއިން 26 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ.
އަދި 79 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 21 މީހަކު ޕޮޒިޓިވް ވެފައި ވާކަމަށް އެޗްޕީއޭއިން މިރޭ ބުނެފައިވެއެވެ. އަދި މިއަދު ހެދީ 4،641 ކޮވިޑް ޓެސްޓެވެ.
މިހާތަނަށް ރާއްޖޭގައި 70،889 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. އަދި ކޮވިޑުން ރަނގަޅު ނުވެ ތިބީ 3،237 މީހުންނެވެ.
މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް 21 މީހަކަށް ފަރުވާ ދެމުންދާއިރު މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 213 މިހުން ނިޔާވެފައެވެ. އެއީ 195 ދިވެހިންނާއި 18 ބިދޭސީންނެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 74،000 ވުރެ މައްޗަށް އަރާފައެވެ. ބަލި ކޮންޓްރޯލް ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައެވެ.އެގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލޭގައި ކާފިއު ހިންގާނީ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް ކަމަށެވެ.އަދި ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުތުމަށް ފާސް ބޭނުންކުރުން ހުއްޓާލެވޭނެކަމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

