ފަތުރުވެރިކަމަށް ހުޅުވާލި ރަށްތަކުގެ ބީލަން ހުށަހަޅައިފި

ފަތުރުވެރިކަމަށް ހުޅުވާލި ރަށްތަކުގެ ބީލަން ހުށަހަޅައިފި

ފަތުރުވެރިކަން ތަރައްގީކުރުމަށް އެންމެ ފަހުން ބީލަމަށް ހުޅުވާލި ހަތް ރަށަކަށް 13 ބީލަން ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން ވަނީ 16 ރަށެއް ފަތުރުވެރިކަން ތަރައްގީކުރުމަށް ހުށަހަޅާފައެވެ.

އެގޮތުން ހުޅުވާލި ރަށްތަކަކީ، ގއ. މާރެހާ، ގއ. ފުނަދޫވިލިނގިއްލާ، ގދ. ކަނޑަހަލަގަލާ، ގދ ފެރޭތަވިލިގިއްލާ، ގދ ކަޑެވާރެހާ، ހއ ވެލިފިނޮޅު، ހއ އަލިދުއްފަރު ފިނޮޅު، ހދ ކުޑަފަރު ފަސްގަނޑު، މ ސީދީ ހުރާ، މ މާއުސްފުށި، ތ ކާއްޑޫ، ތ ކަނިމީދޫ، ތ އޮޅުފުށި، ލ ކަށިދޫ، ލ ބޮޑުމުންޏަފުށި ގެ އިތުރުން ލ ދޮންބެރެހާއެވެ.

ދިވެހި ކުންފުނިތަކަށާއި ބޭރުގެ ކުންފުނިޔަކަށް އެތަށްތަކަށް ބީލަން ހުށަހަޅަން ހުޅުވައިލިއިރު، ފަތުރުވެރިކަމަށް ރަށްތަކެއް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކާއެކު ބީލަން ހުށަހެޅުން ކުރިއަށް ގެންދިޔައީ އިއްޔެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ 18 ބީލަން ފޮތް ގަނެފައިވާއިރު ނުވަ ފަރާތަކުން ތަފާތު ހަތް ރަށަކަށް 13 ބީލަން ހުށަހަޅާފައިވާ ކަމަށާއި ހުށަހެޅި ޕްރޮޕޯޒަލްތަކުގެ ތެރެއިން، އެންމެ މަތިން ހުށަހަޅާފައިވާ ލީޒް އެކުއިޒިޝަން ކޮސްޓްގެ ފަރަގު މިނިމަމް ލީޒް އެކުއިޒިޝަން ކޮސްޓްގެ 140 ޕަސެންޓަށް ވުރެ ބޮޑު ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި އަހަރުގެ ބަޖެޓުގައި ރިސޯޓު ހަދަން ރަށްތައް ހުޅުވާލައިގެން ދައުލަތަށް އާމްދަނީގެ ގޮތުގައި 608.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް ރިސޯޓު ހަދަން ހުޅުވާލި ރަށްރަށުގެ އެކުއިޒިޝަން ކޯސްޓް ކުޑަކޮށްފައިވާތީ އެ އަދަދަށް އާމްދަނީ ލިބޭނެ ކަމަކަށް ނުބެލެވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *