އެމްޓީސީސީގެ 2020 ގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 20 ވަނަ ދުވަހު ބާއްވަން އެކުންފުނިން ތާވަލުކޮށްފިއެވެ.
މިމަހު ބޭއްވުމަށް ހަމަޖައްސާފައިވާ އެކުންފުނީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ ސީއެމްޑީއޭގެ "ފަހި ވޯޓު" މެދުވެރިކޮށެވެ. މިޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ މަހުގެ 19ގެ ކުރިން އެކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ތިން ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ވަނީ އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅައިފަ އެވެ.
މި ޖަލްސާގައި ބައިވެރިވާން ބޭނުން ހިއްސާދާރުން މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ރެޖިސްޓްރީވާން ޖެހޭނެ އެވެ. ރަޖިސްޓްރީވާން ޖެހޭނީ އިންފިނިޓީ ޕޯޓަލް ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ކަމަށް އެމްޓީސީސީން ބުންޏެވެ.

