ކޮވިޑުން ރައްކާތެރިވުމަށް މިހާތަނަށް ރާއްޖެއިން 161،000 ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފަވެ.
އެގޮތުން ވެކްސިންގެ ދެވަނަ ޑޯޒް މިއަދާ ހަމަޔަށް ޖަހައިފައި ވަނީ 1،924 މީހުންނެވެ. އަދި ފުރަތަމަ ޑޯޒް ޖަހައިފައި ވަނީ 717 މީހުންނެވެ.
މާލެ ސަރަޙައްދުގައި މިއަދާ ހަމަޔަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައި ވަނީ 294 މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖަހައިފައި ވަނީ 526 މީހުންނެވެ.
އަތޮޅުތެރެއިން މިއަދާ ހަމަޔަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައި ވަނީ 423 މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖަހައިފައި ވަނީ 1،398 މީހުންނެވެ.
ރާއްޖޭގައި މިހާރު ދެމުން ގެންދަނީ ތިން ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާކުރި އަސްޓްރާޒެނެކާ ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކޮށްފައިވާ ސިނޮފާމް ވެކްސިންގެ އިތުރުން ބަޔޮއެންޓެކް ފައިޒާ ވެކްސިނެވެ.
މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 268 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.
މީގެތެރެއިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ނިންމައި މިހާރު ދެނީ ދެވަނަ ޑޯޒެވެ. ސިނޮފާމްގެ މިހާރު ދެނީ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒެވެ. އަދި ފައިޒާ ވެކްސިން ދެނީ ޚާއްޞަ ފަރާތްތަކަކަށް އެކަންޏެވެ.
މި ބަލީގައި މިހާތަނަ ރާއްޖެއިން 147 މީހަކު ވަނީ ނިޔާވެފައެވެ.
ކޮވިޑް-19ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކުރިން ހަވީރު 16:00އިން ފަތިހު 04:00އަށް އޮތް 12 ގަޑިއިރުގެ ކާފިއު ބުދަދުވަހުން ފެށިގެން ހެނދުނު 08:00އާ ހަމައަށްވަނީ އިތުރުކޮށްފައެވެ.

