ރައީސް ޔަމީން މާލެ ގެނެސްފި

ރައީސް ޔަމީން މާލެ ގެނެސްފި

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ އަބްދުﷲ ޔާމީން އަބްދުލް ޣައްޔޫމް މިރޭ މާލެ ގެނެސްފިއެވެ. ރައީސް ޔަމީން މާލެ ގެނެސްފައިވަނީ މިރޭ 9:30 ކަންހާއިރުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު މާލެ ގެނެސްފައިވަނީ ކޯވިޑް-19 ވެކްސިން ދިނުމަށެވެ. އެމަނިކުފާނު މާލެ ގެނެސްފައިވާއިރު ގިނަ އަދަދެއްގެ ފުލުހުންނާއި ކަރެކްޝަންގެ އޮފިސަރުންދަނީ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ. އެމަނިކުފާނު ވެކްސިން ޖެއްސެވުމަށް ގެންދަނީ ކޮން ހޮސްޕިޓަލަކަށް ކަމެއް އެގިފައި ނުވެއެވެ.

ރައީސް ޔާމީން މިރޭ ވެކްސިން ޖެއްސެވުމަށް މާލެ ގެނެސްފައިވާއިރު ރޯދަމަހަށް އެމަނިކުފާނު ގެކޮޅަށް ބަދަލު ކުރުމަށް ރައީސް ޞާލިހުގެ އަރިހުން އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް ވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުންގެ ސިޓީއެެއް ލިބިފައިވާކަމަށެވެ. އެ ސިޓީގައި އެމަނިކުފާނުގެ ޞިއްޚި ހާލަތު ހުރިގޮތުން ރަމަޟާންމަހުގެ ގެއަށް ބަދަލުކުރުމަށް އެދިފައިވާކަމަށެވެ. އަދި މިހާރު ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާކުރައްވަމުންދާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *