ފައިޒާ ވެކްސިން އާދިއްތަ ދުވަހު ޖަހަން ފަށަނީ

ފައިޒާ ވެކްސިން އާދިއްތަ ދުވަހު ޖަހަން ފަށަނީ

އަންނަ އާދިއްތަ ދުވަހު ފައިޒާ ވެކްސިން ޖަހަން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިން ދިނުން 11 އޭޕްރިލް ވާ އާދިއްތަ ދުވަހު ފަށަން ނިންމާފައިވާ ކަމަށާއި ވެކްސިން ދެވޭނީ ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް އެޕޮއިންޓްމެންޓް ދީގެން ކަމަށެވެ.

ފައިޒާ ވެކްސިން ރާއްޖެއަށް ލިބިފައިވަނީ 5,850 ޑޯޒެވެ. ފައިޒާ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިން މިދިޔަ މަހުގެ 15 ވަނަ ދުވަހު ވަނީ ހުއްދަ ދީފައެވެ.

އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް އެކަނި ކަމަށެވެ. ފައިޒާ ވެކްސިން ދޭނީ ހަށިގަނޑުގެ ދިފާއީ ނިޒާމު ދަށް މީހުންނަށެވެ. އެ ގޮތުން އުމުރުން 16 އަދި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގުމުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ މީހުންނަށް ވެކްސިން ދޭނެ އެވެ.

އަދި 18 އަހަރާއި 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށްވެސް ވެކްސިން ދޭން ވަނީ ނިންމާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *