ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް 241 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން މިރޭ ހާމަކުރި މަޢުލޫމާތުން ހާމަވެއްޖެއެވެ.
އެ މަޢުލޫމާތުގައިވާ ގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 73 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ. 74 މީހުން އަތޮޅުތެރޭގެ މީހުން އުޅޭ ރަށްތަކުން ޕޮޒިޓިވް ވެފައިވާއިރު ރިސޯޓް ތަކުން 15 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި އިންޑަސްޓްރިއަލް ރަށްތަކުން 79 މީހުން ޕޮޒިޓިވް ވެފައިވެއެވެ.
މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް އަށް ޕޮޒިޓިވް މީހުންގެ ޢަދަދުވަނީ 24,079 އަށް އަރާފައެވެ. މިހާރު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ 2،849 މީހުން ތިބިއިރު 21،155 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.
މިވަގުތު ވެސް ހޮސްޕިޓަލު ތަކުގައި އެޑްމިޓްކޮށް 99 މީހަކަށް ފަރުވާ ދެމުންދާއިރު ކޮވިޑް ޖެހިގެން ރާއްޖެއިން 67 މީހުން މަރުވެފައިވެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3،850 ކޮވިޑް ސާމްޕަލް ޓެސްޓް ކޮށްފައިިވާއިރު މިހާތަނަށް ޖުމްލަ 650،537 ކޮވިޑް ސާމްޕަލް ޓެސްޓް ކޮށްފައިވެއެވެ.

