ސައިނޯފާމް ވެކްސިންގެ ދެވަނަ ބެޗް ގެންނަނީ

ސައިނޯފާމް ވެކްސިންގެ ދެވަނަ ބެޗް ގެންނަނީ

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ދެ ލައްކަ ވެކްސިން ޑޯޒްގެ ދެވަނަ ޗެބް މިރޭ ރާއްޖެ ގެންނާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފި އެވެ. ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ދެ ލައްކަ ވެކްސިން ޑޯޒްގެ ތެރެއިން އެއްލައްކަ ޑޯޒް ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.

ރާއްޖޭގައި ސައިނޯފާމް ވެކްސިނަށް ހުއްދަ ދީފައި ވާއިރު އެ ވެކްސިން ރާއްޖޭގައި ދޭން ފެށީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
ޗައިނާ އިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންގެ ޑޯޒްތަކެއް ދިވެހި ސަރުކާރާ ހަވާލުކޮށްފައި މިވަނީ ވެކްސިން ބަލައި ޗައިނާއަށް ދިއުމަށް ދިވެހި ސަރުކާރުން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށް ވިދާޅުވެ ބައެއް ސިޔާސީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *