މިއަދު ކޮވިޑް އަށް ޕޮޒިޓިވް ވީ 139 މީހުން

މިއަދު ކޮވިޑް އަށް ޕޮޒިޓިވް ވީ 139 މީހުން

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް 139 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން މިރޭ ހާމަކުރި މަޢުލޫމާތުން ހާމަވެއްޖެއެވެ.

އެ މަޢުލޫމާތުގައިވާ ގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 89 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ. 31 މީހުން އަތޮޅުތެރޭގެ މީހުން އުޅޭ ރަށްތަކުން ޕޮޒިޓިވް ވެފައިވާއިރު 19 މީހުން ރިސޯޓް ތަކުން ޕޮޒިޓިވް ވެފައިވެއެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް އަށް ޕޮޒިޓިވް މީހުންގެ ޢަދަދުވަނީ 22,929 އަށް އަރާފައެވެ. މިހާރު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ 2،497 މީހުން ތިބިއިރު 20،359 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

މިވަގުތު ވެސް ހޮސްޕިޓަލު ތަކުގައި އެޑްމިޓްކޮށް 103 މީހަކަށް ފަރުވާ ދެމުންދާއިރު ކޮވިޑް ޖެހިގެން ރާއްޖެއިން 66 މީހުން މަރުވެފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި6،659 ކޮވިޑް ސާމްޕަލް ޓެސްޓް ކޮށްފައިިވާއިރު މިހާތަނަށް ޖުމްލަ 623،614 ކޮވިޑް ސާމްޕަލް ޓެސްޓް ކޮށްފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *