ތިލަފުށީގައި އަލިފާނުގެ ޙާދިސާއެއް ހިނގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށާއި އަލިފާން ރޯވެ އަނދަމުންދަނީ ތިލަފުށި އެމްޓީސީސީ ސައިޓާއި ޖެހިގެން އޮތް ސައިޓްގައިކަމަށް އެމްއެންޑީއެފް އިން ބުނެފިވެ. އެމްއެންޑީއެފް އިން ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބޯޓެއްގައިކަމަށެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބުނީ 14:07 ހާއިރުކަމަށާއި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

