އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

އައްޑޫ ސިޓީ ފޭދޫގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން މިރޭ ބުނީ، ފޭދޫގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލާފައިވާ މައްސަލައެއް މިރޭ 11:45 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ބުންޏެވެ.

ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް އަދި ލިބިފައެއް ނުވެ އެވެ. އެކަމުގެ ތަފުސީލެއް ނުދީ ފުލުހުން ވެސް ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މާރާމާރީއާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތުވެސް ފުލުހުން އަދި ދީފައެއްނުވެއެވެ.

ފޭދޫގައި މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ ގުރޫޕް މާރާމާރީއެއް ހިންގައިފަ އެވެ. އެ މާރާމާރީއާ ގުޅުން ފުލުހުން ވަނީ ފަސް މީހަކު ވެސް ހައްޔަރުކޮށްފަ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *