މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

މި ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން 2021 މާރިޗް މަހުގެ 22 ވާ ހޯމަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރަކު ހޯދުމަށް މިއަދު އިޢުލާން ކޮށްފައިވާއިރު މިދިޔަ ހަފްތާގައިވެސް އެކޮމިޝަނަށް ބ. ތުޅާދޫ، ހޭޒުލީން، އަލްފާޟިލް މުޙައްމަދު ފަޒީންވަނީ އައްޔަން ކޮށްފައެެވެ.

އަދި ފަޒީން ބްރޯޑްކާސްޓިން ކޮމިޝަން ގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް މަޖްލިސް އިން ރުހުންދިން ގޮތާމެދު ގިނަ ބަޔެއްގެ ފާޑު ކިޔުން މަޖްލިސްއަށް އަމާޒުވެފައި ވެއެވެ. އެއީ ފަޒީން އަށްވުރެ މަތިން މާކްސް ލިބުނު އެއްވެސް ޕާޓީ އަކަށް ނިސްބަތް ނުވާ ޝިފްޒާ މުޞްޠަފާ އަށް ރުހުން ނުދީ ދަށުން މާކްސް ލިބުނު އެމްޑީޕީ ގެ ފަޒީން އަށް ރުހުން ދިނުމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *