700-00507054 © David Nardini Model Release: No Property Release: No Tropical Storm, Maldives, Indian Ocean

ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

މާލެ އަތޮޅުން ފެށިގެން ހުވަދޫ އަތޮޅާއި ދެމެދުގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވެ 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭކަމުގައެވެ.

ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރުފަހު 13:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާ ކުރެވެއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *