ޑައިވިނަށް ގޮސް އުޅުނު މީހަކަށް މިޔަރެއް ހަމަލާދީފި

ޑައިވިނަށް ގޮސް އުޅުނު މީހަކަށް މިޔަރެއް ހަމަލާދީފި

ފ. ފިލިތެޔޮ އައިލެންޑު ރިސޯޓުން ޑައިވިންއަށް ގޮސް އުޅުނު އެ ރިސޯޓުގެ ބިދޭސީ މުވައްޒަފަކަށް މިޔަރެއް ހަމަލާދީފި އެވެ.

އެއަތޮޅު ފީއަލި ހެލްތު ސެންޓަރުގެ އޮފިޝަލަކު މައުލޫމާތު ދިންގޮތުގައި ފިލިތެޔޮ ރިސޯޓުގެ ޑައިވިން ސްކޫލުގެ ޓްރެއިނަރަކަށް މިޔަރެއް ހަމަލާދީގެން އެ ސެންޓަރަށް ގެނެއި ކަމަށާއި މިޔަރު ހަމަލާދީފައިވަނީ އޭނާގެ ފައިގެ ކުޑަކަޅުވަ މަސްގަނޑަށް ކަމަށެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ އެ ހާދިސާގައި އޭނާގެ ކުޑަކަޅުވަ މަސްގަނޑުގައި ދެފަރާތުން މިޔަރު ދަތް އަޅާފައިވާތީ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށާއި، ޒަހަމްވިތަން ލޭމަނާ ކުރުމަށްފަހު އޭނާއަށް އެ ސެންޓަރުން އިތުރަށް ފަރުވާ ދެވެން ނެތުމުން އިތުރު ފަރުވާއަށް މިރޭގެ ވަގުތެއްގައި މާލެ ފުރުވާލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެ މީހާއަށް މިޔަރު ހަމަލާދީފައިވަނީ ފިލިތެޔޮ ރިސޯޓު ކައިރީގައި އޮންނަ ތިލައަށް ޑައިވްކޮށްގެން މިޔަރުތަކަށް ކާންދޭން ގޮސް އުޅުމުގެ ތެރޭގައި ކަމަށް އޭނާއާއެކު ޑައިވިންއަށް ދިޔަ މީހަކާ ހަވާލާދީ ފީއަލީ ހެލްތް ސެންޓަރުގެ އޮފިޝަލް ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *