ގދ ތިނަދޫއިން ކޮވިޑް-19 އަށް މީހަކު ފައްސިވެއްޖެއެވެ.
ކޮވިޑް-19 އަށް ފައްސިވެފައިވަނީ ހޯމްކަރަންޓީންގައި ހުރިފަރާތެއްކަމަށް މައުލޫމާތުލިބެއެވެ.
ކޮވިޑް-19 އަށް އެމީހާ ފައްސިވެފައިވާކަން އެގިފައިވަނީ ކަރަންޓީން 10 ދުވަސް ފުރިހަމަ ކުރުމަށްފަހު 6 މާރިޗު 2021 ވަނަ ދުވަހު ސާމްޕަލް ނަގައި ހެދި ޓެސްޓުންކަމަށް ޑރ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން މައުލޫމާތުދެއެވެ.
ކޮވިޑަށް ފައްސިވެފައި ވަނީ ކޮންފަރާތެއްކަން ހާމަކޮށްފައި ނުވެއެވެ.

