ބްރޯޑްކާސްޓިން ކޮމިޝަނަށް ފަޒީން އައްޔަން ކުރައްވައިފި

ބްރޯޑްކާސްޓިން ކޮމިޝަނަށް ފަޒީން އައްޔަން ކުރައްވައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމުގެ މަގާމަށް ބ. ތުޅާދޫ ހޭޒްލީން މުހައްމަދު ފަޒީން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ. މަގާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ފަޒީނަކީ ވިލާ ކޮލެޖުން ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެ ބޭފުޅާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރުގެ މާޗު މަހު ޗެނަލް ނިއުސް މޯލްޑިވްސް (ސީ.އެން.އެމް)ގެ ސީނިއާ ޖާނަލިސްޓެއްގެ ގޮތުގައެވެ. އަދި، 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން އަދާކުރައްވަމުން ގެންދެވީ ރާއްޖެ ޓީވީގެ ސީނިއާ ވީޑިއޯ ޖާނަލިސްޓްގެ މަގާމެވެ. ފަޒީނަކީ ހޮޓެލް އޮޕަރޭޝަންސްގެ ދާއިރާއިން ވެސް ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ފަޒީން ބްރޯޑްކާސްޓިން ކޮމިޝަން ގެ މެމްބަރު ކަމަށް އައްަން ކުރުމަށް މަޖްލިސް އިން ރުހުންދިން ގޮތާމެދު ގިނަ ބަޔެއްގެ ފާޑު ކިޔުން މަޖްލިސްއަށް އަމާޒުވެފައި ވެއެވެ. އެއީ ފަޒީން އަށްވުރެ މަތިން މާކްސް ލިބުނު އެއްވެސް ޕާޓީ އަކަށް ނިސްބަތް ނުވާ ޝިފްޒާ މުޞްޠަފާ އަށް ރުހުން ނުދީ ދަށުން މާކްސް ލިބުނު އެމްޑީޕީ ގެ ފަޒީން އަށް ރުހުން ދިނުމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *