އަންނަ އޭޕްރީލް މަހުގެ 10 ގައި ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ބާއްވަން ބޭނުންވާ 42.8 މިލިއަން ރުފިޔާ 29.8 މިލިޔަނަށް ކުޑަ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، އިންތިހާބަށް 42.8 މިލިޔަން ރުފިޔާގެ ބަޖެޓް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮޓީއަށް ހުށަހެޅުމުން، ބަޖެޓުން ކޮންމެވެސް އަދަދުތަކެއް ކުޑަވޭތޯ، މަސައްކަތް ކޮށްދިނުމަށް ކޮމިޓީން އެދުނު އެދުމުގެ މަތިން، ކުރި މަސައްކަތްތަކުން ބަޖެޓް 29.8 މިލިއަނަށް މިހާރު ކުޑަ ކުރެވިފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ، ބަޖެޓް ލިބުން ލަސްވުމާ ގުޅިގެން ދިިމާވާ ދަތިތައް އެބަހުރި ކަމަށާއި، ވީހާ އަވަހަކަށް ބަޖެޓް ހަމަޖައްސައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަންނަ އޭޕްރީލްމަހުގެ 10ގައި އިންތިހާބު ބާއްވަން ނިންމާފައި މިވަނީ، 2020 ވަނަ އަހަރުގެ އޭޕްރީލް 4 ގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ކައުންސިލް ގާނޫނުުގައި ބުނެފައި ވަނިކޮށް، ކޮވިޑް 19 ގެ ސަބަނުން އެކި މަރުހަލާތަކުގައި އިންތިހާބު ލަސްކުރަމުން ގޮސް، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.

