ދިހަ އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބ. ފެހެންދޫ ކައުންސިލްގެ ނައިބު ރައީސް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފެހެންދޫގައި ދިހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފެހެންދޫއިން "ސުވަދީބް" އާ ވާހަކަދެއްކި މީހަކު މައުލޫމާތު ދިންގޮތުގައި ކުޑަ ފިރިހެން ކުއްޖަކާއިބެހިގެން ހައްޔަރުކޮށްފައިވަނީ އެރަށު ކައުންސިލްގެ ނައިބު ރައީސެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާ ހައްޔަރު ކޮށްފައި ވަނީ އިއްޔެ މެންދުރު 2:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ. އެ މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.
ފުލުހުން މިހާރުގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

