ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވަންޖެހޭ ބިލްތައް ފޮނުވަމުން ގެންދަނީ ބިލްތައް ފޮނުވުމަށް ކަޑައެޅިފައިވާ ތާރީޚުތަކުގައި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މަދު ކަމަށްބުނެެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. އަދި މަޖހިލީހުގެ މަސައްކަތްތައް މަދުވަނީ ސަރުކާރުން ފޮނުވަންޖެހޭ ބިލްތައް ނުފޮނުވާތީ ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ މަޖިލީހުގެ މަސައްކަތުގެ ސްޕީޑާމެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށާއި ސަރުކާރުންވެސް ބިލްތައް ފޮނުވުމަށް ހަމަޖެހިފައިވާ ތާރީޚް ތަކުގައި ބިލްތައް ފޮނުވަމުންގެންދާ ކަމަށެވެ.
އަދި ސަރުކާރަށް ދެއަހަރު ވެގެން ދިޔައިރު މިހާތަނަށް81 ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

