ނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޓެސްޓް ހެދުމުން ކޮވިޑް-19 އަށް އެމީހާ ފައްސިވެއްޖެއެވެ.
ރޭ ފައިހުގެ ވަގުތެއްގައި ނިޔާވުމުން އައިޖީއެމްއެޗް އަށް ގެންދިޔައީ ސިފައިންގެއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ގ.ގުޑްލައިފް، އަބްދުއް ލަތީފް ހަސަން އެހޮސްޕިޓަލް އަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައިކަމަށް "ސުވަދީބް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.
އަބްދުއް ލަތީފް ކޮވިޑް-19 އަށް ޓެސްޓު ކުރުމުން އޭނާގެ ނަތީޖާ ފައްސިވެފައިވާތީ އަބްދުއް ލަތީފްގެ ކަށުކަމާ ކެމީގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.
މިއީ ކޮވިޑް ބަލީގައި ނިޔާވި މީހެއްގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަދި ނިންމާފައި ނުވެއެވެ.

