ކޮވިޑް 19އާއި ގުޅިގެން މިހާތަނަށް ތިން ބިލިއަން ސަރުކާރުން ޚަރަދުކޮށްފި

ކޮވިޑް 19އާއި ގުޅިގެން މިހާތަނަށް ތިން ބިލިއަން ސަރުކާރުން ޚަރަދުކޮށްފި

ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން މިހާތަނަށް ތިން ބިލިއަނަށްވުރެ ގިނަރުފިޔާ ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ފެބްރުއަރީ 25 ގެ ނިޔަލަށް ކޮވިޑާ ގުޅުންހުރި ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އިގްތިސޯދީ ކަންކަމަށް އެ މުއްދަތާއި ހަމައަށް 1.54 ބިލިއަން ވަނީ ހޭދަކޮށްފައެވެ.

ހަފްތާއިންް ހަފްތާ އަށް ބަލާނަމަ، ސިއްހީ އަދި އިޖުތިމާއީ ދާއިރާ އިން އެންމެ ބޮޑު ހޭދައެއް ކުރީ ހެލްތު މިނިސްޓްރީން ކަމަށް ފިނޭންސްގެ ހިސާބުތަކުން ދައްކައެވެ. އެގޮތުން އެހެން ވުޒާރާތަކާއި އިދާރާތަކަށްވުރެ ހަތަރު މިލިއަން ރުފިޔާ އިތުރަށް އެ މިނިސްޓްރީން ހޭދަކޮށްފައިވާއިރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެ މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އެލަވެންސް ދިނުމަށް ކަމަށްވެސް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.އެ ރިޕޯޓުގައި ވާގޮތުން ހެލްތްމިނިސްޓްރީ އިން މުވައްޒަފުންނަށް އެލަވެންސް ދިނުމަށް 14.7 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާއިރު ދަތުރުތަކަށް 11.6 މިލިއަން ރުފިޔާ ހޭދަކުރި ކަމަށްވެސް ހިސާބުތައް ދައްކައެވެ.

އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންގެ ދާއިރާ އިން ހޭދަކޮށްފައިވަނީ ކޮވިޑް19 އާއި ގުޅިގެން އާމްދަނީ އަށް އަސަރުކުރި މީހުންނަށް އެލަވެންސް ދިނުމަށެވެ. މިދިޔަ ހަފްތާ ގައި އެ ދާއިރާ އިން އިތުރު ކަމަކަށް ހޭދަކޮށްފައެއް ނުވެއެވެ. އެ މުއްދަތާއި ހަމައަށް އެމްއެންޑީއެފްގެ މުވައްޒަފުންނަށް އެލަވެންސް ދިނުމަށް 24.5 މިލިއަން ހޭދަ ކޮށްފައިވާއިރު ފުލުހުންގެ މުވައްސަސާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮވިޑާ ގުޅިގެން ދޭ އެލަވެންސް ދިނުމަށް 27.4 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ކޮވިޑް19 އާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފްރަންޓްލައިން އެލަވެންސް ދެނީ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ކުރަމުންދާ މަސައްކަތަށެެވެ. ތިން ކެޓަގަރީ އަކަށް ބަހާލައިގެން މި އެލަވެންސް ދޭއިރު ހައިރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދޭއިރު މީޑިއަމް ރިސްކު ކެޓަގަރީއަށް ދުވާލަކަށް 250 ރުފިޔާ އަދި ލޯ ރިސްކު ކެޓަގަރީއަށް 200 ރުފިޔާ ދުވާލަކަށްދެ އެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *