މަސްފެންގަޑަކަށް ވެއްޓުނު ކުއްޖަކަށް އައިސީޔޫގައި ފަރުވާދެނީ

މަސްފެންގަޑަކަށް ވެއްޓުނު ކުއްޖަކަށް އައިސީޔޫގައި ފަރުވާދެނީ

ރ އުނގޫފާރުގައި މަސްފެންގަޑަކަށް ވެއްޓުނު ކުޑަކުއްޖަކަށް އެރަށު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

އުނގޫފާރު ކައުންސިލުން މައުލޫމާތު ދޭގޮތުގައި އެހާދިސާ ހިގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 11:30 ގައި ކަމަށާއި އެކަން ހިގަން މެދުވެރިވި ވަކި ސަބަބެއް އަދި އެފަރާތަށް ސާފުވެފައިނުވާ ކަމަށެވެ. އަދި ފަރުވާދެމުން ދަނީ ދޮޅުއަހަރުގެ ކުއްޖެއް ކަމަށްވެސް އެފަރާތުން މަޢުލޫމާތުދެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދޭ ގޮތުގައި އެކުއްޖާ ހޮސްޕިޓަލަށް ގެނެސްފައިވަނީ މިއަދު 12:20 ހާއިރު ކަމަށާއި، ހޮސްޕިޓަލަށް ގެނައި އިރުގައިވެސް ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތްކަމަށް ބުނެފައިވެއެވެ.

އަދި އެންމެ ފުރަތަމަ ކުއްޖާއަށް އެމަޖެންސީ ރޫމުގައި ފަރުވާ ދިނުމަށްފަހު އިތުރަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *