ޢަދަދު ތިރިނުވެ މިއަދުވެސް 157 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ!

ޢަދަދު ތިރިނުވެ މިއަދުވެސް 157 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ!

ކޮވިޑް އަށް ޕޮޒިޓިވް ވާ މީހުންގެ ޢަދަދު ތިރިނުވެ މިއަދުވެސް ރާއްޖެއިން 157 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.  އެޗްޕީއޭއިން މިރޭ ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން ކޮވިޑް އަށް ޕޮޒިޓިވް މީހުންގެ ތެރެއިން 103 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ. އަނެއް 20މީހުން އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވް ވެފައިވާއިރު 34 މީހުން ޕޮޒިޓިވް ވެފައިވަނީ ރިސޯޓް ތަކުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް އަށް ޕޮޒިޓިވް މީހުންގެ ޢަދަދުވަނީ 18,769 އަށް އަރާފަ އެވެ. މިހާރު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ 2،506 މީހުން ތިބިއިރު 16،196 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލު ތަކުގައި އެޑްމިޓްކޮށް 162 މީހަކަށް ފަރުވާ ދެމުންދާއިރު އޭގެތެރެއިން އައިސީޔޫގައި ތިން މީހަކަށް ފަރުވާ ދެމުން ގެނެދެވެއެވެ. އަދި އެކަކަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވވެފައިވަނީ 60 މީހުންނެވެ. އެއީ 52 ދިވެހިންނާއި 8 ބިދޭސީއެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *