ނޫސްވެރިން މުޒާހަރާކޮށްފި!

ނޫސްވެރިން މުޒާހަރާކޮށްފި!

މުޒާހަރާތަކާއި އެއްވުންތަކުގައި ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅާ އަނިޔާވާ ގޮތަށް އަމަލު ކުރާތީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ކުރިމަތީގައި ނޫސްވެރިން މުޒާހަރާކޮށް އަޑުއުފުލައިފި އެވެ.

ނޫސްވެރިންނަށް އަނިޔާ ނުކުރުމަށާއި ކުރިން ރާއްޖެޓީވީއަށް ހެދި ގޮތަށް ނުހެދުމަށް ބައެއް ނޫސްވެރިން ގޮވާލައި އަދި ޗެނަލް-13އަށް ފުރައްސާރަ ކުރުން ހުއްޓާލުމަށް ވެސް ގޮވާލި އެވެ. މުޒާހަރާ ކުރި ނޫސްވެރިން ތިބީ ބިއްލޫރި ޖެހިގެ ކުރިމަތީ މަޖީދީ މަގު ޕޭމަންޓް މަތީގައި ދުރުދުރުގައި ހުއްޓިގެންނެވެ.

މިދިޔަ ހުކުރު ދުވަހު ޗެނަލް-13ގެ ނޫސްވެރިއަކު އިދިކޮޅުގެ މުޒާހަރާ ކަވަރު ކުރަމުން ދަނިކޮށް، އޭނާއަށް މުޒާހަރާ ކަވަރު ކުރުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އަނިޔާވެ، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް އެ ޗެނަލުން ބުނާއިރު އެ ރޭ ޕީޕީއެމް އޮފީސް ކައިރީގައި ހުންނަ ކެފޭއެއްގައި ޗެނަލް-13ގެ ދެ މުވައްޒަފަކު ތިއްބައި އެތަނަށް ފުލުހުން ވަދެ ގަދަކަމުން އެ މީހުން ނެރެ އެ ދެ މީހުން ހައްޔަރުކުރުމަަށްފަހު ފަހުން ދޫކޮށްލާފައި ވެއެވެ.

މިއަދކުރި މުޒާހަރާގެ ބައިވެރިންނާ އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީއާއި ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ބައްދަލު ކުރައްވައި ނޫސްވެރިންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *