އިންޑިޔާގެ ޚާރިޖީވަޒީރާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ބައްދަލު ކޮށްފި!

އިންޑިޔާގެ ޚާރިޖީވަޒީރާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ބައްދަލު ކޮށްފި!

މިހާރު ރާއްޖެއަށް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ސުބްރަމާނިއަމް އާ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުގެ ވެރިން ބައްދަލުކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގައި ބޭއްވި އެ ބައްދަލުވުމަށް ފަހު ޕީޕީއެމް/ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ގާއިމް ކުރެވުނު ޑިމޮކްރެޓިކް ނިޒާމު މި ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ދުވަހެއް ދުވަހަކަށް ބަލިކަށި ވަމުން އަންނަ ކަމުގެ ވާހަކަ އިންޑިއާގެ އެކްސްޓާނަލް އެފެެއާޒް މިނިސްޓަރާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

ވާދަވެރި ކޯލިޝަނުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަސާސީ އެތައްހައްޤެއް ނިގުޅައިގެންފައިވާ ވާ ވާހަކަ އިންޑިއާގެ ވަފުދާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ހިއްސާ ކުރެއްވި ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެބައްދަލު ކުރެއްވުމުގައި ކުރީގެ ނައިބް ރައީސް އަދި ރައީސް ޔާމީން ގެ ޤާނޫނީ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑރ. މުޙައްމަދު ޖަމީލު އަޙްމަދު އާއި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި އެޕާޓީގެ ނައިބު ރައީސް މުޙައްމަދު ޙުސައިން ޝަރީފު އާއި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫނު ބައިވެރިވެ ވަޑައިގަތެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *