މ. ކޮޅުފުއްޓަށް އަރައި ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށް ކޮޅުފުށި މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ކޮޅުފުށި މޮނިޓަރިން ހާލަތަށް ގެނެސްފައިވަނީ އެ ރަށުން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
ކޮޅުފުށި މޮނީޓަރިންގެ ހާލަތަށް ގެނައުމުން މިވަގުތު އެ ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭ ޢީޏޤ ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުމަކީ މަނާ ކަމެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިއީ ކޮޅުފުށި މޮނީޓަރިންގެ ހާލަތަށް ގެނައި ދެވަނަ ފަހަރެވެ. މީގެކުރިން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެ ރަށުން މާލެ ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެ ކޭސްއާއެކު އެ ރަށުގައި ބޮޑު ކްލަސްޓާއެއް އުފެދި އިތުރު 34 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ކޮޅުފުށީގެ މޮނީޓަރިންގެ ހާލަތު އުވާލީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

