ހިޔާ ފްލެޓުތައް ވިއްކި ވާހަކަ އެމްޕީއެލުން ދޮގުކޮށްފި!

ހިޔާ ފްލެޓުތައް ވިއްކި ވާހަކަ އެމްޕީއެލުން ދޮގުކޮށްފި!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިޔާ މަޝްރޫއުގެ ދަށުން  އެޅުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ ފުލެޓުތައް ވިޔަފާރި އުސޫލުން ވިއްކި ކަމަށް މީޑީއާގައި ރިޕޯޓްކުރި ހަބަރެއް އެކުންފުނިން ދޮގުކޮށްފި އެވެ.

އެމްޕީއެލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިމަހުގެ 19 ވަނަ ދުވަހު އެ ކުންފުނީގެ އޮފިޝަލަކާ ހަވާލާދީ އޮންލައިން ނޫހަކުން ރިޕޯޓްކުރި ޚަބަރަކީ ކަމުގެ ހަޤީޤަތް އޮޅޭގޮތަށް ލިޔެފައިވާ ހަބަރެއް ކަމަށާއި މީޑިއާއަށް މައުލޫމާތު ދިނުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ އޮފިޝަލެއް ކަން ހިނގާފައިވާ ގޮތާ ޚިލާފު މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށެވެ. އަދި ހަޤީޤަތާ ޚިލާފު މައުލޫމާތުތަކެއް ކުންފުންޏާ ގުޅުވައި ލިޔެ ޝާއިއުކޮށްފައިވާ ނޫހުގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާނެ ކަމަށްވެސް އެމްޕީއެލުން ބުނެފައިވެއެވެ.

އެމްޕީއެލުން ބުނީ އެ ކުންފުނިން އިމާރާތް ކުރަމުންދާ ފުލެޓުތަކަކީ އެ ކުންފުނީގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ޢިމާރާތް ކުރަމުން އަންނަ ފުލެޓުތަކެއް ކަމަށާއި އެ ފުލެޓްތައް ގަތުމުގެ ފުރުސަތު ދެވޭނީ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުން އެންމެ ގިނަ ޕޮއިންޓު ލިބޭ މުވައްޒަފުންގެ ތަރުތީބުން ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *