ކޮވިޑް ޖެހިގެން ފިލްމީ ތަރި ކޮއްޔަ ޙަސަން މަނިކު އުމުރުން 67 އަހަރުގައި މަރުވެއްޖެއެވެ. ކޮއްޔަ ޙަސަން މަނިކު ކޮވިޑަށް ޕޮޒިޓިވްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އޭނާއަށް ފުރަތަމަ ފަރުވާ ދެމުން ދިޔައީ ހުޅުމަލެ މެޑިކަލް ފެސިލިޓީގައި ނަމަވެސް ހާލު ދެރަވެ ފަހުން ފަރުވާ ދެމުންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓް ކޮށްގެންނެވެ.
ކޮއްޔަ ޙަސަން މަނިކަކީ ދިވެހި ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ މީހެކެވެ. އޭނާ މަރުވުމާ ގުޅިގެން ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ އޭރާއި މިހާރުގެ ތަރިން ދަނީ ތައުޒިޔާ ކިޔަމުންނެވެ.
މިއީ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑު ބަލީގައި މަރުވި ދެވަނަ މީހާ އެވެ. ކޮވިޑު ބަލީގައި ރޭ ދަންވަރު ވަނީ 63 އަހަރުގެ ދިވެހި އަންހެނަކު މަރުވެފަ އެވެ.

