ރ. އަތޮޅު ފައިނުގައި 4 އަހަރުގެ ފިރިހެން ކުއްޖެއް ގެނބިގެން މަރުވެއްޖެއެވެ. އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިންނެވެ.
ރާއްޖޭގެ ބައެއް މީޑިއާ ތަކަށް މަޢުލޫމާތު ދެމުން ފައިނު ކައުންސިލްގެ ރައީސް އިބްރާހިމް ނާސިރު ވިދާޅުވީ މޫދަށް ގޮސް އުޅެނިކޮށް ކުއްޖަކު ގެއްލުނު ކަމުގެ ވާހަކަ މިއަދު 17:15 އެހާކަންހާއިރު އޭނާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. މި ހާދިސާގެ ޚަބަރު ލިބުމާއިއެކު އެ ސަރަހައްދަށް ގޮސް އުޅެނިކޮށް އާންމުންގެ މީހަކަށް ކުއްޖާ ފެނިފައިވަނީ ރާޅު ނަގާތާ މޫދު އަޑިން ކަމަށް ނާސިރު ވިދާޅުވިއެވެ.

