ޢަލީ ވަޙީދު ފުރުން މަނާކުރި އަމުރު ބާތިލުކުރީ ދައުލަތުން އެދިގެން!

ޢަލީ ވަޙީދު ފުރުން މަނާކުރި އަމުރު ބާތިލުކުރީ ދައުލަތުން އެދިގެން!

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަން ހާމަވެއްޖެ އެވެ. ޢަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ އިނގިރޭސި ވިލާތަށް ވަޑައިގެންފަ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ "ކުރީގެ މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި ވާހަކަ ފުރަތަމަ ދުށީ ހަބަރުން" ކަމަށެވެ.

އަލީ ވަހީދު ފުރުމުން  ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔައި ނުރުހުން ފާޅު ކުރަމުންނެވެ. އެފަދަ ގިނަ މީހުން ބުނަނީ ޖިންސީ މައްސަލަތަކުގައި އޮންނަނީ ބޮޑު މީހާ އަށް ބޮޑު އިންސާފު އަދި ކުޑަ މީހާއަށް ކުޑަ އިންސާފު ކަމަށެވެ.

ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު މިއަދު ވިދާޅުވީ ރާއްޖޭގައި ގާނޫނުތައް ހިންގަަނީ އާދައިގެ ރައްޔިތުން ދަންމަޅި ޖަންސަން ކަމަށާއި އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ މިނިސްޓަރު އަލީ ވަހީދުމެން ފަދަ ބޭފުޅުންގެ މައްޗަށް އޮތް ހިނގާ އެއްޗެއް ނޫން ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

One Response

  1. މިފަދަ ކަންކަން މިހެންހިނގާތިކަންނޭނގެ މިއަދު ހަވީރު ދިމާވި ރައްޓެއްސެއް ހާލު އަހާލުމުން ، ތޮއްޖެހި ފުރިބާރުވެފައިވާ މަގުމައްޗަށް އިޝާރާތްކޮށްލާފައި ބުނީ ، " ސަރުކާރެއް އޮތްކަމުގެ އިހުސާސް މަށަކަށް ނުވޭ ކަލެޔަށްވޭހޭ ؟ ދެން ހާލު އޮންނާނީ ކިހެނެއްހޭ!! ރައްޔިތުން އަމިއްލައަށް އެމީހަކަށް ފެންނަގޮތަކަށް މިތިބެއުޅެނީއޭ މާލޭ މަގުމަތީއޮތީ ޖަންގަލީގެ ހުކުމޭ، ދެރަވަރު މީހަކު ގެއިންބޭރަށް ނުކުންނަން ހެޔޮނުވާނޭ..

Leave a Reply

Your email address will not be published. Required fields are marked *