ރައީސް ޔާމީންގެ މަންމާފުޅަށް ކޮވިޑު ޖެހިފަރުވާ ދެނީ!

ރައީސް ޔާމީންގެ މަންމާފުޅަށް ކޮވިޑު ޖެހިފަރުވާ ދެނީ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަންމާފުޅު ފާތުމަތު ޙަސަނަށް ކޮވިޑް ޖެހިގެން ލަންކާ ގައި ފަރުވާ ދޭން ފަށައިފިއެވެ. އުމުރުފުޅުން 83 އަހަރުގެ ފާތުމަތު ހަސަން ދިރިއުޅުއްވަނީ ދަރިކަނބަލުން މުސްލިމާ އަބްދުލް ގައްޔޫމްގެ އަރިހުގައި އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މީޑިއާތަކަށް ވިދާޅުވީ، ރައީސް ޔާމީންގެ މަންމާފުޅަށް ކޮވިޑު ޖެހި ލަންކާ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމަނާއަށް ކޮވިޑް ޖެހުނު ތާރީހެއް އަދި ހާލުކޮޅު ކިހިނެތް ކަމެއް ވިދާޅެއްނުވެ އެވެ.

ރައީސް ޔާމީންގެ މަންމާފުޅުގެ އާލަސްކާންފުޅު ބޮޑުވެ، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ވަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެއްވައިފަ އެވެ. ނަމަވެސް އެފަހަރު އެޑްމިޓް ކުރީ ކޮންކަހަލަ އާލާސްކަންފުޅަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.

ރައީސް ޔާމީންގެ މަންމާފުޅުގެ ތިއްބަވަނީ ރައީސް ޔާމީނާއެކު ހަ ބޭފުޅުންނެވެ. އެއީ ފަސް ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *