ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 126 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ހާމަކުރި ތަފާސް ހިސާބުން ދައްކާގޮތުގައި މިއަދު މުޅި ޖުމްލަ 3،944 ސާމްޕަލް ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 126 ސާމްޕަލް ކަމަށެވެ. އެގޮތުން މާލޭ އޭރިއާއިން 98 މީހުން، އަތޮޅުތެރޭ ރައްތަކުން 19 މީހުން، އަދި ރިސޯޓުތަކުން 9 މީހުންނެވެ.
މުޅި ޖުމްލަ މިހާތަނަށް 16،909 މީހުން މުޅި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 14،772 އެވެ. މިވަގުތު މިބައްޔަށް 2،075 މީހުން ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 204 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.

