މިއުޒިކު ހަރާމް ކަމަކަށް ނުބުވޭނެ: އިންތި

މިއުޒިކު ހަރާމް ކަމަކަށް ނުބުވޭނެ: އިންތި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދަައްކަވަމުން އިސްލާމް ދީނުގައި މިޔުޒިކަކީ ހަރާމް އެއްޗެއްކަމަށް ދީނީ އިލްމުވެރިންނަށް ނުބުނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތި އެހެން ވިދާޅުވީ ޒުވާނުން އެކަކު އަނެކަކާ ބައްދަލުކޮށް، ހީ ސަމާސާކޮށް މަޖާކޮށްލާނެ މަރުކަޒެއް ޤާއިމް ކުރުމަށް ސަރުކާރަށް ގޮވާލައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހަޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުންނެވެ.

މިގަރާރަށް ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރޮކް މިޔުޒިކަކީ ހަރާމް އެއްޗެއްކަމާާއި އެ މިޔުޒިކް މަނާ ކުރަން ޖެހޭނެ ކަމަށް ބުނެ ދީނީ އިލްމުވެރިޔަކު ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެއީ ދެއްކޭނެ ވާހަކައެއްނޫން ކަމަށާއި، މިޔުޒިކަކީ މަނާ އެއްޗެއްކަމަށް ދީނީ އިލްމުވެރިއަކަށް ނުބުނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އެ ވާހަކަ ތަކަކީ އިސްލާމް ދީން ހަތިޔާރަކަށް ބޭނުންކޮށްގެން ބަޔަކު ކުރާކަމެއް ކަމަށެވެ. އަދި އެއީ މިޔުޒިކު ކުޅޭ ފަރާތްތަކާ ދެކޮޅަށް ހިންގާ އެންޓި ކެމްޕެއިނެއް ކަމަށާއި، އެކަމަށް ދައުލަތުން ޖާގަ ދީގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *