ތިނަދޫގެ މޮނިޓަރިންގ އުވާލައިފި

ތިނަދޫގެ މޮނިޓަރިންގ އުވާލައިފި

ކޮވިޑް19ގެ ޕޮޒިޓިވް 2ކޭހަކާއި ގުޅިގެން އަރައި ފޭބުން މަނާކުރި، ގދ. ތިނަދޫ އާންމު ހާލަތަށް ގެނެސްފި އެވެ.

ތިނަދޫ މޮނިޓަރިންގ އަށް ލީ މި މަހުގެ ތިން ވަނަ ދުވަހު، ހާއްސަ ހުއްދައިގެ ދަށުން އެރަށަށް ދިޔަ ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެ ދެމީހުން ޕޮޒިޓިވްވީ މަސައްކަތް ނިންމުމަށްފަހު އެނބުރި މާލެ އައިފަހުންނެވެ. އެ ދެމީހުން ގިނަ ބަޔަކާ ކޮންޓެކްޓުވި ކަމަށް އެރަށުގެ ކައުންސިލުން ވަނީ ބުނެފަ އެވެ.

ރަށް މޮނިޓަރިންގ އަށް ލީ، ކޮންޓެކްޓް ޓްރޭސިން ހެދުމަށެވެ. އެމީހުންނާ ކޮންޓެކްޓުވި 18 މީހުންގެ ސާމްޕަލް ވެސް ކޮވިޑް19 އަށް ނެގެޓިވް ވުމުން ރަށް މޮނިޓަރިންގ ގައި ބާއްވަން ޖެހޭ އިތުރު ސަބަބެއް ނެތުމުން މިހާރު އެރަށް ވަނީ އާންމު ހާލަތަށް ގެނެސްފަ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މޮނިޓަރިންގ އުވާލި ނަމަވެސް، މާދަމާ އެރަށުން ރެންޑަމް ސާމްޕަލް ތަކެއް ނަގާނެ ކަމަށާއި އެގޮތުން ކުރިއަށް އޮތް ދެ ދުވަހު 400 ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވެއެވެ.

ހާއްސަ ހުއްދައިގެ ދަށުން ރަށްރަށަށް ދާ މީހުންވެސް 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއް ހަދައިގެން ނޫނީ ދަތުރު ނުކުރެވޭގޮތަށް މިހާރުވަނީ އެޗްޕީއޭ އިން ހަމަޖައްސާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *