ތިނަދޫ ސްޓޭޑިއަމް ސަރަހައްދުގައި ތަރައްޤީ ކުރި މި ދެދަނޑަކީ ތިނަދޫ ސްޓޭޑިއަމްއާއި ހަވަރު ސްޕޯޓްސް ގުޅިގެން ތަރައްގީކުރި ދެދަނޑެވެ. މި ދަނޑުތަށް ތަރައްޤީކޮށްފައިވަނީ ލައިޓް ހަރުކޮށް ރޭގަނޑުވެސް ދަނޑުގެ ބޭނުން ހިފޭގޮތަށެވެ.
ހަވަރު ސްޕޯޓްސްގެ އޮފިޝަލަކު ވިދާޅުވީ ދެދަނޑަކީހަވަރު ސްޕޯޓްސްއާއި ތިނަދޫ ސްޓޭޑިއަމް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތާއި ދިމާކޮށް މި މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް ޕްރެކްޓިސް ކުރުމުގެ މަޤްސަދުގައި ތަރައްގީ ކުރެވުމު ދެ ދަނޑުކަމަށެވެ. އަދި މުސްތަޤްބަލުގައިވެސް މި ދެދަނޑުގެ ބޭނުން ތިނަދޫގެ ހޭންޑްބޯޅަ ކޮމިއުނިޓީއަށް ލިިބިގެންދާނެ ކަން ވެސް އޭނާ ވިދާޅުވިއެވެ.
ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

