ދިރާގުގެ ކޯޑިން ޕްރޮގްރާމް ތިނަދޫގައި ފަށައިފި

ދިރާގުގެ ކޯޑިން ޕްރޮގްރާމް ތިނަދޫގައި ފަށައިފި

ދިރާގާއި "ވިމެން އިން ޓެކް" ގުޅިގެން ކޯޑިން ދަސް ކޮށްދޭ ޕްރޮގްރާމެއް ގދ. ތިނަދޫގައި ފަަށައިފި އެވެ.

"ގާލްސްޓްކޯޑު-ތިނަދޫ" ގެ ނަމުގައި އާދީއްތަ ދުވަހު ފެށީ ދެ މަސް ދުވަހަށް އޮންލައިންކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި އެޗްޓީއެމްއެލް އާއި ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުން ކޮށްގެން ވެބްސައިޓް ހަދައި ޑިވެލޮޕް ކުރަން ދަސްކޮށް ދޭނެ އެވެ. ޕްރޮގްރާމްގެ ތެރެއިން ހިންގާ ވޯކްޝޮޕްތަކުގައި ފަންނީ ބޭފުޅުން މެންޓާސްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ދިރާގު ޑިރެކްޓް ކޯޕަރޭޓް ސާވިސަސް އާތިފާ އަލީ ވިދާޅުވީ މި ޕްރޮގްރާމްއަށް ދިރާގުން އެއްބާރުލުން ދޭން ނިންމީ އެ ކުންފުންޏަކީ އަންހެން ކުދީން ޓެކްނޮލޮޖީގެ ދާއިރާގައި ބައިވެރިކުރުން އިތުރު ކުރުމަށް ހިއްވަރުދޭ ކުންފުންޏަކަށްވާތީ ކަމަށެވެ.

"ވިމެން އިން ޓެކް" އިން އެހެން ރަށްރަށުގައި ކުރިއަށް ގެންދިޔަ ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމްތަކަށް ވެސް މީގެ ކުރިން ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *