މިނިސްޓަރ އޮފް ފިނޭންސް ޑރ. އަބްދުﷲ ހަލީލު، އޮމާންގެ ފިނޭންސް މިނިސްޓަރު ސުލްތާން ބިން ސަލީމް ބިން ސައީދު އަލް ހަބްސީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރ ޚަލީލް އޮމާންގެ ފިނޭންސް މިނިސްޓަރު ސުލްތާން ބިން ސަލީމް ބިން ސައީދު އަލް ހަބްސީއާ ބައްދަލުކުރައްވާފައިވަނީ އެގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ދަތުރުފުޅަކީ އޮމާންގެ ފޮރިން މިނިސްޓަރ ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސަޢީދީގެ ދަޢުވަތަކަށް، މި މަހުގެ 10 އިން 13 އަށް މިނިސްޓަރު ހަލީލު އޮމާންއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ބައްދަލުކުރެއްވުމުގައި ދެ މިނިސްޓަރުން މަޝްވަރާކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި އިންވެސްޓްމަންޓްގެ ފުރުސަތުތަކާއި، ތަރައްޤީގެ ސިޔާސަތުތައް ހިމެނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާއި އޮމާނާ ދެމެދު އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް ދެ މިނިސްޓަރުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމާއި އެކުވެރިކަން އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. މި ބައްދަލުކުރެއްވުމުގައި ދެ މިނިސްޓަރުން ދެއްކެވި އިތުރު ވާހަކަތަކުގެ ތަފްސީލު މިވަގުތު ހާމަކުރެވިފައެއް ނުވެއެވެ. ނަމަވެސް، މި ބައްދަލުކުރެއްވުމަކީ ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ދެމެދުގައި އިތުރު އެއްބަސްވުންތަކަކަށް މަގުފަހިވެގެންދާނެއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. ޚަލީލްގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ އަދި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގަންނަވައެވެ.

