މީރާގެ ޓެކްސް ޕޭޔާ ސާވިސް ސެންޓަރ

ނޮވެމްބަރު މަހު މީރާއިން 1.8 ބިލިއަން ރުފިޔާ ބަލައިގެންފި

ނޮވެމްބަރު މަހު މީރާއިން 1.8 ބިލިއަން ރުފިޔާ ބަލައިގެންފި

މިދިޔަ ނޮވެމްބަރު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް 1.89 ބިލިއަން ރުފިޔާ ބަލައިގަންފިއެވެ.

މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއިންނެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީޖީއެސްޓީންނެވެ. އެގޮތުން:

  • ޖީއެސްޓީއިން %57.9 ނުވަތަ 1.09 ބިލިއަން ރުފިޔާ
  • އިންކަމް ޓެކުހުން %4.9 ނުވަތަ 92.7 މިލިއަން ރުފިޔާއެވެ.
  • ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ ގެ ގޮތުގައި 171.6 މިލިއަން ރުފިޔާ (%9.1)،
  • ގްރީން ޓެކުހުގެ ގޮތުގައި 85.7 މިލިއަން ރުފިޔާ (%4.5)،
  • އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 93.1 މިލިއަން ރުފިޔާ (%4.9)،
  • އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 479.8 މިލިއަން ރުފިޔާ (%9.4) ލިބިފައިވެއެވެ.

މީރާއިން ބުނީ، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %13.3 އިތުރު އަދަދެއް ކަމަށާއި އަދި، ނޮވެމްބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %19.7 ގިނަ އަދަދެއް ކަމަށެވެ.

ނޮވެމްބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ޖީ.އެސް.ޓީ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމާއި، މިދިޔަ މަހު ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ އާމްދަނީ މިމުއްދަތުގައި ލިބިފައިވުމާއި، ގްރީން ޓެކްސް، އެކްސްޕެޓް ކޯޓާ ފީ އަދި އެއަރޕޯޓް ޓެކްސް އެންޑް ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބުން ކަމަށް މީރާއިން ވަނީ ބުނެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *