އާސަންދަ ސްކީމްގެ ދަށުން އެއްވެސް ބޭހެއް ކަވަރު ކުރުން ހުއްޓާ ނުލާ ކަމަށް އެ ކުންފުނިން ރޭ ވިދާޅުވެއްޖެއެވެ.
އާސަންދަ އިން ނެރުނު އެންގުމެއްގައި ވިދާޅުވެފައި ވަނީ އާސަންދަ ސްކީމްގެ ދަށުން އެއްވެސް ބޭހެއް ކަވަރު ކުރުން ހުއްޓާ ނުލާ ކަމަށާއި، ކުރިއެކޭ އެއްގޮތަށް މިހާރުވެސް އާސަންދަ ސްކީމްގެ ދަށުން ބޭހަށް ކަވަރޭޖް ލިބޭނެ ކަމަށެވެ.
އަދި ސްކީމުން ކަވަރު ކުރާ ބޭސްތަކާއި އެ ބޭސްތަކަށް ސްކީމުން ކަވަރުކުރާ މިންވަރު، އާސަންދަ ވެބްސައިޓުގެ "ޑައުންލޯޑްސް، ސެކްޝަނުގައިވާ "މާސްޓާރ މެޑިސިން އެންޑް ކޮންސިއުމަބްލްސް ލިސްޓް" އިން ފެންނަން ހުންނާނެ ކަމަަށްވެސް ވިދާޅުވެފައި ވެއެވެ.
އާސަންދައިން ވިދާޅުވެފައިވާގޮތުގައި، އެ ސްކީމުން ކަަވރު ނުކުރާ ހިދުމަތަކާއި ގުޅިގެން ދޭ ބޭހެއް ނަަމަ "ނޮކް ކަވާޑް" ބޭސް ސިޓީގައި ލިޔެފައި އޮންނާނެ ކަމަށެވެ.
އަދި ސްކީމުން ކަަވަރުކުރާ ބޭހެއް، ސްކީމްގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ބޭސްފިހާރައަކުން ގަންނަން ޖެހިއްޖެނަމަ، ޝިކާވަތި ޗެޓްލައިން 7951400 އަށް ވައިބަރ ނުވަތަ ވަަޓްސްއެޕް މެސެޖް މެދުވެރިކޮށް ރިޕޯޓް ކުރެވޭނެ ކަަމަށްވެސް ވިދާޅުވެފައި ވެއެވެ.
އާސަންދަ ނިޒާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދޭ ނިޒާމަކަށް ހެދުމަށް އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ދޫކުރާ 250 ބޭހެއްގެ އަގަށް ބަދަލުގެނައުމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވަނީ ނިންމައިފައެވެ.

