ޚާއްސަ އެހީއަށް ބޭނުންވާ މީހުން ތަހައްމަލްކުރާ ހުރިހާ އުފާތަކަކާއި، ދަތިތަކަކީވެސް އެކަމުގައި ސަރުކާރުން އެއްބާރުލުން ލިބޭނެ ކަންކަން ކަމުގައި ޖެންޑާ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތަތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖުގައި މިނިސްޓަރު ވިދާޅުވީ، އެފަދަ ފަރާތްތަކަކީ މުޖުތަމައުގެ އެއްބައި ކަމަށާއި، އެފަރާތްތައް ތަހައްމަލްކުރާ ހުރިހާ އުފާތަކަކާއި، ދަތިތަކަކީވެސް އެކަމުގައި ސަރުކާރުން އެއްބާރުލުން ލިބޭނެ ކަމެއް ކަމަށެވެ.
" ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެކީގައި އަޅުގަނޑުމެންނަށް މ،ަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. އަދި އެފަރާތްތަކާއި އެއްކޮށް މަސައްކަތްކުރާއިރު، ހަމަ ތަކުރާރުކޮށް ފާހަގަވެގެންދާ ކަމަކީ އެބޭފުޅުންގެ ހިތްވަރާއި، ހުނަރާއި މަސައްކަތަަށް ކުރިމަތިލެއްވުމަށް އެ ގެންގުޅުއްވާ ހިތްވަރު." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއެކު ކުރެވޭ މަސައްކަތުގައި މާތްﷲ ބަރާކާތް ލެއްވުން ކަމަށާއި، އުންމީދުކުރަނީ އެކީގައި އުޅޭ ފަރާތްތަކާއެކު ހުރިހާ ފަރާތްތަކަށްވެސް ކާމިޔާބު ލިބުން ކަމަށެވެ.
ނުކުޅެދުންތެެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ރަޖިސްޓްރީގައި މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް 13،656 ފަރާތެއް ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

