މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހެނީ -- ފޮޓޯ: ވަގުތު

ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައިވާ ކަމަށެވެ.

ކަނޑުދަތުރު ކުރައްވާއިރު މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި އުޅަނދުތަކުގައި ސަލާމަތި ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވޭތޯ ޔަގީން ކުރުމަށްފަހު ނޫނީ ނުފުރުމަށް ފުލުުހުންވަނީ އިލްތިމާސްކޮށްފައެވެ. އަދި އުޅަނދަށް އެކަށީގެންވާ ވަރަަށްވުރެ އިތުރަށް މީހުން ނޭރުވުމަށާއި އުޅަނދަށް ކަނޑައެޅިފައިވާ މިންގަޑަށް ވުރެ އިތުރަށް މުދާ ބަރު ނުކުރުމަށްވެސް ވަނި އެދިފައެވެ.

ރާއްޖެއަށް މިހާރު މޫސުން ގޯސްވެފައިވާއިރު، މިހާރު ކުރަމުންއަންނަ ވިއްސާރައިގައި މެޓުން އަންނަނީ ކައިރި ކައިރީގައި އެކި ހިސާބުތަކަށާއި މުޅި ރާއްޖެއަށް ސަމާލު ވެސް ނެރެމުންނެވެ. އަދި ހަމައެއާއެކު މެޓުން ވަނީ މިއަދު މެންދުރު 12:30 ފެށިގެން އިރުއޮއްސި 6:30 އާއި ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ވެސް ނެރެފައެވެ.

ކުރިއަށްއޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ވިދާޅުވެފައިވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *