ސިޓީގެ ދަރަޖަ އުނިކުރަން ހުށަހެޅި މައްސަލައަކީ ރައީސްއާ ދެކޮޅަށް ހިންގާ ޢަމަލެއް – އަލްސަން

ސިޓީގެ ދަރަޖަ އުނިކުރަން ހުށަހެޅި މައްސަލައަކީ ރައީސްއާ ދެކޮޅަށް ހިންގާ ޢަމަލެއް – އަލްސަން

ގދ. ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ އުނި ކުރުމަށް އެދި ހައިކޯޓަށް ހުށައަޅާފައިވާ މައްސަލައަކީ ސަރުކާރުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާ ދެކޮޅަށް ހިންގި އަމަލެއް ކަމުގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު ވިދާޅުވެއްޖެ އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިންގެ ތެރޭގަ އެވެ. އޭރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިނަދޫގެ އާބާދީގައި ގާތްގަނޑަކަށް 8،000 އެެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 5،000 އެއްހާ މީހުން ކަމަށް ބެލެވެ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާ މިންގަނޑުގެ ތެރޭގައި އާބާދީ 10،000 އަށް ވުރެ ދަށްނުވުން ހިމެނެ އެވެ.

އެ ޝަރުތު ތިނަދޫގައި ހަމަނުވާ ކަމަށް ބުނެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް ހުށަހެޅުއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ.

މިކަމާ ގުޅިގެން ފޭސްބުކްގައި މެމްބަރު އަލްސަން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާޣިބް އަޙްމަދުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ސަރުކާރުގެތެރެއިން ހިންގާ ޢަމަލެއްކަމުގައި ދެކޭ ކަމަށެވެ.

"އަދި އެއީ ތިނަދޫ ރައްޔިތުންގެ މަސްލަޙަތާއި ހަމަޖެހުން ނަގާލުމަށް ހިންގާ ޢަމަލެއްކަމުގައި ދެކޭތީ، ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް ހުރަސްއަޅާ އެފަދަ ފަރާތްތަކާމެދު އަވަސް ފިޔަވަޅު އަޅުއްވައި ދެއްވުމަށް ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުން ހިމެނޭހެން މުޅި ތިނަދޫ ރައްޔިތުންގެ ފަރާތުން އަދުގެ ރައީސުލްޖުމްހޫރިއްޔާ އަށް ގޮވާލަމެވެ." އަލްސަން ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *