ހަ ގަޑިއިރު ތެރޭގައި ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައި ފާސްކުރުން، ދުނިޔޭގެ ރިކޯޑެއްތޯ – މައުމޫން

ހަ ގަޑިއިރު ތެރޭގައި ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައި ފާސްކުރުން، ދުނިޔޭގެ ރިކޯޑެއްތޯ – މައުމޫން

އިއްޔެ ރައްޔިތުން މަޖިލީހުން ގާނޫނު އަސާސީއަށް އިސްލާހު ހުށައަޅާ އަވަސްކޮށް ފާސްކުރުން އެއީ ދުނިޔޭގެ ރިކޯޑެއްތޯ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސުވާލު އުފައްދަވައިފިއެވެ.

ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް 3 އިސްލާހެއް އިއްޔެ ހުށައަޅާ އިއްޔެ އިން އިއްޔެ އަށް އިސްލާހު ފާސްކޮށްވަނީ ނިންމާފައެވެ. ހެނދުނު ހުށައެޅި އިސްލާހުގެ މަސައްކަތައް މެންދުރު މަޖިލީހުން ނިންމާ ހަވީރު 5:51 ގައި ވަނީ ފާސްކޮށްފައެވެ. އަދި ރޭ އިރާކޮޅު ރައީސް ޑރ. މުއިއްޒު ވަނީ އެ ބިލް ތަސްދީގު ކުރައްވާފައެވެ.

އިއްޔެ ރައްޔިތުން މަޖިލީހުން ގާނޫނު އަސާސީއަށް އިސްލާހު ހުށައަޅާ އަވަސްކޮށް ފާސްކުރުން އެއީ ދުނިޔޭގެ ރިކޯޑެއްތޯ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސުވާލު އުފައްދަވައިފިއެވެ.

މިކަމަށް އިޝާރާތް ކުރައްވާ ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގާނޫނު އަސާސީ 6 ގަޑިއިރު ތެރޭ އިސްލާހު ކުރުމަކީ ދުނިޔޭގެ ރެކޯޑެއްތޯ ސުވާލު އުފައްދަވާފައެވެ.

" 6 ގަޑިއިރު ތެރޭގައި ޤާނޫން އަސާސީއަށް އިޞްލާޙު ހުށަހަޅައި އިޞްލާޙު ފާސްކުރުން- ދުނިޔޭގެ ރިކޯޑެއްތޯ؟." މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

އިއްޔެ އަވަސް އަރުވައިގެން ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނައުމުން ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *