ރާއްޖޭގެ ޓިވެޓް ޕްރޮގްރާމްތައް ކުރިއެރުވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އޮސްޓްރޭލިއާ އަށް ޒިޔާރަތްކޮށްފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެ މިނިސްޓްރީގެ ދަށުން މަސައްކަތްކުރަމުންދާ މޯލްޑްވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)، މޯލްޑިވިސް ޕޮލިޓެކްނިކް އަދި ހއ. ޓެކްނިކަލް އިންސްޓިޓިއުޓް އިން ވަނީ ރާއްޖޭގައި ކުރިއަށްގެންދާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެންޑް ޓްރެއިނިންގ (ޓިވެޓް) ޕްރޮގްރާމްތަށް ކުރިއެރުވުމަށް އަމާޒުކޮށް، އޮސްޓްރޭލިޔާގެ ވަޓްވެޓް ޕްރޮގްރާމްގެ ދަށުން ތަމްރީނުވުމަށް އޮސްޓްރޭލިޔާއަށް ޒިޔާރަތްކޮށްފައި ކަމަށެވެ.
ދަ ވެސްޓް އޮސްޓްރޭލިއަން ޓެކްނިކަލް، ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ (ވަޓްވެޓް)ގެ މަގްސަދަކީ އޮސްޓްރޭލިޔާގައި މަތީ ތަޢުލީމާއި ތަމްރީނުތަށް ފޯރުކޮށްދޭ، ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓިވެޓް ޕްރޮގްރާމްތަށް ކުރިއަށްގެންދާ ފަރާތްތަކަށް ތަމްރީނު ފޯރުށްދިނުން ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން، ވަޓްވެޓްގެ ފަރާތުން ވަނީ ރާއްޖޭގެ ޓިވެޓް ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅުކުރުމަށް، ތިން ދުވަހުގެ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ދީފައެވެ.
މިނިސްޓްރީން ވިދާޅުވީ އެ ތަމްރީނު ދަތުރުގައި، ހއ. ޓެކްނިކަލް އިންސްޓިޓިއުޓްގެ މެނޭޖަރު މުހައްމަދު ނާސިހް، މޯލްޑިވިސް ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީންގެ އިތުރުން އެމްއެންއެސްޑީއޭގެ ސީއީއޯ، ޑރ. ޒަހްރާ މުހައްމަދު ވަނީ ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

