ރާއްޖޭގެ ސަރަހައްދަށް ބަދަލެއް އަންނަ ކަމެއް ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ފާސްކޮށްފި

ރާއްޖޭގެ ސަރަހައްދަށް ބަދަލެއް އަންނަ ކަމެއް ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ފާސްކޮށްފި

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ގޮސްގެން ކަމަށް ކަނޑައަޅައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލިހަށް ހުށަހެޅި ބިލް ފާސްކޮށްފިއެވެ.

ގާނޫނުއަސާސީގެ ތިން ވަނަ މާއްދާގައި ރާއްޖޭގެ ސަރަހައްދަކީ ގާނޫނުގައިވާ ގޮތުގެ މަތިން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ޖައްވާއި ކަނޑާއި ކަނޑުގެ އަޑީގައިވާ ބިމާއި އެ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ސަރަހައްދީ ކަނޑާއި ކަނޑުގެ އަޑީގައިވާ ބިމާއި ކަނޑާއި ގުޅިފައިވާ ޖައްވު ކަމަށް ވަނީ ބުނެފައެވެ. ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށް އެ މާއްދާގައި ބުނެފައިވެއެވެ.

އެކަމަކު، ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދު ވަނީ އެ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފައެވެ.

އެ އިސްލާހުގައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ ރާއްޖޭގެ އެތެރޭގެ ކަނޑާއި ރާއްޖޭގެ އާކިޕެލަޖިކް ކަނޑާއި ސަރަހައްދީ ކަނޑާއި އެ ކަނޑާއި ގުޅިފައިވާ ކަނޑާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އުނިކަމެއް އަންނަ ފަދަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ހަތަރުބައި ކުޅަ ތިން ބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށެވެ.

ކަނޑުގެ ސަރަހައްދަށް ބަދަލެއް އަންނަ އެއްވެސް ނިންމުމެއް މަޖިލީހަށް ވެސް ނިންމޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ކަމަށް އިސްލާހުގައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *